މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފައިލް ސާވަރ ސިސްޓަމާއި، އެއާ ގުޅުންހުރި ތަކެތި ހޯދުމާބެހޭ:

އިޢުލާން

ފައިލް ސާވަރ ސިސްޓަމާއި، އެއާ ގުޅުންހުރި ތަކެތި ހޯދުމާބެހޭ:

މި މިނިސްޓްރީއަށް ބޭނުންވާ 2 ފައިލް ސާވަރއާއި، މި ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުމަށް 2016 ޖޫން 12 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)138-AS6/1/2016/66 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެ މަސައްކަތަށް އަލުން ކުރެވުނު އިޢުލާނުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވުމަށް ދީފައިވާ ތާރީޚު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 10 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ