މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނި ކެޕްޓަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާއިން 16 ޖޫން 2016 ގައި ކޮށްފައިވާ (IUL)333/333/2016/39 ނަންބަރުގެ އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާންކުރީމެވެ.

މަޤާމް:

ދޯނި ކެޕްޓަން

ބޭނުންވާ އަދަދު:

2 (ދޭއް)

އިދާރާ:

މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތަރިކަ-2 ފެރީ  / ކ. ތުލުސްދޫ

ވަޒީފާގެ ބާވަތް:

ދާއިމީ (ފުރަތަމަ ވަޒީފާއަށް ނެގޭނީ 3 މަހުގެ ޕްރޮބޭޝަން ޕީރިއަޑަށެވެ. މި މުއްދަތުގެ ތެރޭގައި، ވަޒީފީއަށް ރަނގަޅުނަމަ، ވަޒީފާ ދާއިމީކުރެވޭނެއެވެ.

މުސާރަ:

މަހަކު -/4،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،200 ރުފިޔާ

 

އުޖޫރައާއި ޢިނާޔަތްތައް:

- ދަތުރު ފައިސާގެގޮތުގައި، ދަތުރުކުރާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ކޮއްތު ފައިސާގެގޮތުގައި، ދަތުރުކުރާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

- މީގެ އިތުރުން، ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އިތުރު ދަތުރުގެ ފައިސާއާއި، އިންކްރިމަންޓް ބޯނަހާއި، ރަމަޟާންމަހުގެ ޢިނާޔާތުގެ ފައިސާ ލިބޭނެއެވެ. އަދި ރަށުން ބޭރު ފަރާތެއްނަމަ، ހަމަޖެހިފައިވާ އުސޫލުން ލިވިންގ އެލަވަންސް ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު:

1. އަސާސީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

2. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން.

3. އިސްލާމްދީނުގައި  ހައްދެއް  ކަނޑައެޅިފައިވާ  ކުށެއް  ކުރިކަން،  ނުވަތަ  ވައްކަން،  ޓެކުން،  މަކަރާއި  ހީލަތް، މަސްތުވާތަކެތި  ބޭނުންކުރުން،  ނުވަތަ  މަސްތުވާތަކެތީގެ  ވިޔަފާރިކުރުން،  ޚިޔާނާތްތެރިވުންފަދަ  ކުށެއް  ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

4. ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

1. ތަރިކަ-2 ގެ ދަތުރުތައް ކުރުން.

2. ތަރިކަ-2 ގެ ނާލު ލިސްޓާ އެއްގޮތަށް ނާލު ފައިސާ ނެގުން.

3. ތަރިކަ-2 ފެރީގެ ފަޅުވެރިން މަސައްކަތްކުރާގޮތް ސުޕަވައިޒްކޮށް، ކުރަންޖެހޭ މަސައްކަތްތައް އަންގައި، މަސައްކަތް ކުރުވުން.

4. ތަރިކަ-2 ފެރީގެ މެއިންޓަނަންސަށް ކުރަންޖެހޭ މަސައްކަތްތައް ބަލައި، ކައުންސިލް އިދާރާއަށް އަންގައި، ކައުންސިލް އިދާރާގެ މަޝްވަރާގެދަށުން މެއިންޓަނަންސްގެ މަސައްކަތްތައް ކުރުވުމާއި ކުރުން.

5. ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ކާޑާއި ގޭހުގެ ސްޓޮކް، މާލެއިން ދޯންޏަށް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން.

6. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކުރުން.

އިންޓަވިއު ކުރުން:

މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ކިޔާނީ،  ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

 

 

 

ހުށަހަޅަންޖެހޭ  ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ފޯމު، ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ސާފު ކޮޕީއެއް.

5. މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، ކުރީގައި މަސައްކަތްކުރި އިދާރާގެ ލިޔުން.

6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމު"

- ވަޒީފާއަށް ހޮވޭ ފަރާތުގެ ޕޮލިސް ރިޕޯޓު، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ.

- އިންޓަވިއުއަށް ހޮވިއްޖެނަމަ، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ތަކެތިހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ. ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް.

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6640183 ނަންބަރު ފޯނާއެވެ.

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ