އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސުޕަވައިޒަރ

މަޤާމް:

-

މަޤާމުގެ ރޭންކް:

ސުޕަވައިޒަރ

މަޤާމުގެ ކްލެސިފިކޭޝަން:

އދ. ފެންފުށީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ސެކްޝަން:

އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/4،500 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

ގްރޭޑް 10 ނިންމާފައިވުން ނުވަތަ ސުޕަވައިޒަރުގެ މަޤާމް ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ ޝަރުޠުތައް:

 

1- ކައުންސިލްގެ ލަފާގެމަތިން އައިލެންޑް ވޭސްޓް މެނޭޖަމަންޓް ސެންޓަރު ހިންގައި ބެލެހެއްޓުން.

2- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.

3- ކުނި ނައްތައިލުމުގެ އުސޫލުގެދަށުން ގޭގެއިންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، އާންމު ތަންތަނުން ނަގަންޖެހޭ ކުނި ނެގުން.

4- ކުނީގެ ބައިތައް ވަކިކޮށް ތަރުތީބުން ބެހެއްޓުން.

5- ކާބޯތަކެތީގެ ތެރެއިން ބޭނުންކުރުމަށްފަހު އުކާލަންޖެހޭ ތަކެއްޗާއި، ފަތްކުނި ބޭނުންކޮށްގެން ކޮމްޕޯސްޓް ޕައިލް ހެދުން.

6- ކޮމްޕޯސްޓިން ޕައިލްތަކުގެ ލޮގް ބެލެހެއްޓުން.

7- 7 ދުވަސް ހަމަވާ ކޮމްޕޯސްޓިޮންގ ޕައިލްތައް ފުރޮޅުވުން.

8- އަންދައި ނައްތައިލަންޖެހޭ ކުނި އެންދުމުގެ މަސައްކަތްކުރުވުން.

9- އައިލެންންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ކުނީގެ ލޮގް ބެލެހެއްޓުން.

10- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހުންނަ އެންމެހައި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

11- އައިލެންޑް ވޭސްޓް މެނޭޖަމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުން.

12- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި، ބެލެހެއްޓުން.

13- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުން މަސައްކަތަށް ބޭނުންވާ ތަކެތި ދޫކުރުން.

14- އައިލެންޑް ވޭސްޓް މެނޭޖަމަންޓް ސެންޓަރުން ވިއްކުމަށް ކައުންސިލުން ކަނޑައަޅާ ތަކެތި، ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެދަށުން ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން.

15- ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެދަށުން ރައްޔިތުންނަށް ފަން ދޫކުރުން.

16- ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ކުރުވުން.

17- ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެދަށުން ރައްޔިތުންގެ ރުއްގަހުން ކާއްޓާއި ކުރުނބާ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން.

18- މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާއާ ގުޅިގެން ކައުންސިލުން ކުރަން އަންގާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1- ތަޢުލީމާއި ތަމްރީން %38 (ތިރީސް އަށެއް އިންސައްތަ މާކްސް)

2- މަސައްކަތުގެ ތަޖުރިބާ % 14 (ސާދަ އިންސައްތަ މާކްސް)

3- ލިބިފައިވާ ހުނަރު %48 (ސާޅީސް އަށެއް އިންސައްތަ މާކްސް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އިންޓަވިއު އޮންނާނެ ތަނާއި ވަގުތު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން އަންގާނެއެވެ.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 10 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، އދ. ފެންފުށީ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އދ. ފެންފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، އދ. ފެންފުށީ ކައުންސިލްގެ އިދާރާއިންނެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6680539  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ،  6680889  އެވެ. އީމެއިލް ކުރާނީ،  [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ