ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަލުހިޔާގެ 40 ރޯހައުސް ގުރުއަތުލުމާބެހޭ

އިޢުލާން

މާފަލު ހިޔާގެ 40 ރޯހައުސް ގުރުއަތުލުމާބެހޭ

ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުޅުދުއްފުށީގައި ޢިމާރާތްކުރެވެމުންދާ 160 ރޯހައުސްގެ ތެރެއިން މާފަލު ހިޔާގެ (ހަސަނާތު މިސްކިތުގެ އިރުމަތި) 40 ރޯހައުސް ގުރުއަތުލުމަށްފަހު ލިބޭ ފަރާތްތަކާ ޙަވާލުކުރާ ގޮތަށް ވަނީ ސަރުކާރުން ނިންމަވާފައެވެ.

ގުރުއަތުނެގުން ހަމަޖެހިފައިވާ ގޮތް

މާފަލު ހިޔާގެ 40 ރޯހައުސްގެ ތެރެއިން 25 ރޯހައުސް ޚާއްޞަކުރެވިފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށެވެ. އަދި މި ރޯހައުސް ތަކުގެ ތެރެއިން 15 ރޯހައުސް ޚާއްޞަކުރެވިފައި ވަނީ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ. މީގެ އިތުރުން ކަނބޯރަނި ހިޔާގެ 1 ރޯހައުސްވެސް މި ގުރުއަތުނެގުމުގައި ހިމެނޭނެއެވެ. އެއީ، ކުރިން ކަނބޯރަނި ހިޔާގެ ސަރަޙައްދުން ރޯހައުސް ލިބުނު ފަރާތަކުން ދޫކޮށްލައިފައިވާ 1 ރޯހައުސްއެވެ. މި ރޯހައުސް ހިމެނެނީ އެހެން ރައްރަށުގެ ރައްޔިތުންގެ ޤުރުއަތުގައެވެ.

ޤުރުއަތުނެގުން ހަމަޖެހިފައިވާ ގޮތަކީ:

ތާރީޚް

ދުވަސް

ޤްރުއަތު ނަންގަވާ ފަރާތް

ގަޑި

27 އޮގަސްޓު 2016

ހޮނިހިރު

އެހެން ރަށްރަށުގެ ރައްޔިތުން

10:00 މެންދުރުކުރި

27 އޮގަސްޓު 2016

ހޮނިހިރު

ކުޅުދުއްފުށީ ރައްޔިތުން

08:30 ރޭގަނޑު

ވީމާ، ކައުންސިލްގެ އިދާރާގައި ބެހެއްޓިފައިވާ ލިސްޓްގައިވާ ފަރާތްތަކުން، އެފަރާތަކުގެ ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނިޓު ކުރިން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލަށް ވަޑައިގަތުމަށް ދަންނަވަމެވެ.

ގުރުއަތު ނެންގެވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތަކީ ކޮންފަރާތެއްކަމާއި، ބަދަލުގައި ފޮނުވި ފަރާތެއްކަން އެންގޭނޭފަދަ ސިޓިއަކާއެކު ފޮނުއްވުމުން އެފަރާތެއްގެ ގުރުއަތުނެގުމުގެ ފުރުޞަތު ބަދަލުގައި ހާޒިރުވާ ފަރާތަކަށް އެރުވޭނެއެވެ. ލިސްޓްގައިވާ ފަރާތާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ސިޓިއާއެކު ހުށަހަޅުއްވަންވާނެއެވެ. އެއްވެސް ފަރާތެއް ހާޒިރުވެވެންނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ މި އިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ. އެއްވެސް ފަރާތެއް ހާޒިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ ހާޒިރުވި ފަރާތްތަކުގެ ގުރުއަތު ނަގާނިމުމަށްފަހު ލިސްޓްގެ ތަރުތީބުންނެވެ.

ގުރުއަތުން ރޯހައުސް ލިބޭފަހުންވެސް އެފަރާތަކުން ދެއްވާފައިވާ މަޢުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތެއްކަން ނުވަތަ (އެފަރާތަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށް) ގޯތިގެދޮރު އޮތް ފަރާތެއްކަން ސާބިތުވެއްޖެނަމަ، އެފަރާތަކަށް ލިބިފައިވާ ރޯހައުސް އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.

"މާފަލު ހިޔާ'' ގެ 40 ރޯހައުސް އެނގޭނެ ޗާޓާއި ޤުރުއަތަށް ގޮސްފައިވާ ފަރާތްތަކުގެ ލިސްޓް ކައުންސިލްގެ އިދާރާގައި ބެހެއްޓިފައިވާނެއެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ