ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެން.ސީ.އައި.ޓީ ގެ ނެޓްވާރކް ކައުންސިލް އިދާރާއިން ސްކޫލަށް ގުޅާލުމާބެހޭ

އިޢުލާން

އެން.ސީ.އައި.ޓީ ގެ ނެޓްވާރކް ކައުންސިލް އިދާރާއިން ސްކޫލަށް ގުޅާލުމާބެހޭ

މި މަރުކަޒުގެ އިޢުލާން ނަންބަރު GS09/2016/31 (17 ޖުލައި 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މި މަރުކަޒާއި ކޮމަންޑޫ ކައުންސިލް އިދާރާއާ ދެމެދު އެން.ސީ.އައި.ޓީ. ނެޓްވާރކް މެދުވެރިކޮށް ގުޅާލުމަށްޓަކައި މަގުމަތީގައި ކޯރު ކޮނެ ކޭބަލް ވަޅުލުމަށް ބޭނުންވެއެވެ. ނެޓްވާރކް އެޅުމަށް ބޭނުންވާ ކޭބަލް ދިނުމުން އަމިއްލަ ތަކެތީގައި މި މަސައްކަތް މި މަރުކަޒުން ހަމަޖައްސާ ގޮތެއްގެ މަތީން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 7 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމު ދޫކުރުން 2016 އޮގަސްޓު 2 ވަނަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ