ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް ޑިރެކްޓަރ – ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު
1- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރިއަށްގެންދާ ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްކުރިއަށް ގެންދިޔުމަށް އެހީވުމަށް ޕްރޮޖެކްޓް ޑިރެކްޓަރެއް ހޯދަނ ކުރެވުނު ނަންބަރ (IUL)13-K1/13/2015/125 އިއުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ މުއްދަތު 2016 އޮގަސްޓް 1 ވަނަ ދުވަހުގެ 14:00 ނިޔަލަށް އިތުރުކޮށްފީމެވެ.
2. ޕްރޮޖެކްޓް ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
-
އިންޖިނިއަރިންގ ނުވަތަ ގުޅޭދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން އަދި ގުޅޭ ދާއިރާއެއްގައި މަދުވެގެން 10 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
-
މަދުވެގެން 5 އަހަރުދުވަހުގެ ހާބަރު ހެދުމުގެ ތަޖުރިބާ ލިބިފައިވުން.
-
ބައިނަލްއަޤްވާމީ ޑޯނަރ ފަންޑަޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ މުސާރައިގެ ގޮތުގައި -/46,260 ދިވެހިރުފިޔާއާއި ހަމައަށް މަސައްކަތުގެ ފެންވަރު ބަލައިދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ 26 މަސްދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް މީހަކު ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން މާރިޗު 2013 ގައި ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 1 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349266، 3349106
ފެކްސް: 3320706 ،3324432،
އީމެއިލް އެޑްރެސް: [email protected]