މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓޯކަން ސިސްޓަމެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް އިލެކްޓްރޯނިކް ޓޯކަން ސިސްޓަމެއް ހޯދުމަށް 10 މޭ 2016 ގައި ކުރެވުނު ނަންބަރު (IUL)138-AS6/1/2016/91 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 31 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 4 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ނަންބަރު 4345-300 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ