މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ. ދަނބިދޫ، މާމެންދޫ އަދި ކުނަހަންދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ލ. ދަނބިދޫ، މާމެންދޫ، ކުނަހަންދޫ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު   (IUL)23-OAA/1/2016/78 (28 ޖޫން 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާނުކުރީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ނުވަތަ ލ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ލ. ދަނބިދޫ، މާމެންދޫ އަދި ކުނަހަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 08 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ލ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ލ. ދަނބިދޫ، މާމެންދޫ އަދި ކުނަހަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 19 ޝައްވާލް 1437

 

25 ޖުލައި 2016
ހޯދާ