ދިވެހިރާއްޖެ
މަޤާމް :ސަރވިސް އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :2 | |
އިޢުލާން ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މަޤާމް: ސަރވިސް އެސިސްޓެންޓް ގްރޭޑް 1 ބޭނުންވާ އަދަދު: 2 (ދޭއް) މުސާރަ: މަހަކު -/3240 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް) މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސަރވިސް ސެންޓަރ އެހެނިހެން ޢިނާޔަތްތައް: - އިތުރު އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާއާއި -/2000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. - ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ. - އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. - ޕްރޮބޭޝަން ހަމަވުމުން، ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ. - މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް އެލަވަންސް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: - ޓެކްނީޝަނުންނާއެކު ރެފްރިޖެރޭޝަނާއި އެއަރކޮންޑިޝަނިންގގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން. - އާފްޓަރ ސޭލްސް ސަރވިސް ދިނުން. ތަޢުލީމާއި ތަޖުރިބާ: ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން. އެހެނިހެން ހުނަރު: - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. - ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 03 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އިތުރު މަޢުލޫމާތު: - އިންޓަރވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. - މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. - ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected] 20 ޝައްވާލް 1437 |