ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ، އެސިސްޓެންޓް ލައިބްރޭރިއަން، ޕްރިންޓަރ

އިޢުލާން

ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަންޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު -/2500 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

ވަޒީފާ އަދާކުރާ ސެކްޝަން: އެކަޑަމިކް ސެކްޝަން

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓު: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައްކަމުގައި ބަލާނީ: ހެލްތުގެ ދާއިރާއެވެ.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ސްކޫލުގައި ހުއްޓާ ދަރިވަރަކު ބަލިވެއްޖެނަމަ، ފުރަތަމަ އެހީ ފޯރުކޮށްދިނުން.

-  ސްކޫލުގައި ހުއްޓާ ދަރިވަރަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ، ދަރިވަރާއެކު ހޮސްޕިޓަލަށް ދިޔުމާއި، ލަސްނުކޮށް ބެލެނިވެރިޔާއަށް އެންގުން.

-  އާންމުގޮތެއްގައި ދަރިވަރުން ބޭނުންވާނޭ މެޑިކަލް ސަޕްލައި ހުސްވިޔަނުދީ ބަޖެޓް މެދުވެރިކޮށް ހޯދާފައި ބެހެއްޓުން.

-  ސްކޫލް ފެންވަރުގައްޔާއި އިންޓަރ ސްކޫލް ފެންވަރުގެ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާއިރު ޓީމުގެ ހެލްތު އޮފިޝަލްގެގޮތުގައި ބައިވެރިވުމާއި، ދަރިވަރުން ކުޅޭ ހުރިހާ ވަގުތެއްގައި ކުޅޭ ތަނުގައި މަޑުކުރުން.

-  ދަރިވަރުން ގެންދާ ފީލްޑް ޓްރިޕްތަކުގައި މުދައްރިސާއެކު ބައިވެރިވުން.

- ކްލާސްރޫމްތަކާއި، ދަރިވަރުން ބޭނުންކުރާ ފާޚާނާތަކާއި ސްކޫލުގެ ގޯތިތެރެވަނީ ދަރިވަރުންގެ ރައްކާތެރިކަމަށް އެކަށީގެންވާގޮތަށްތޯ ބަލައި، ހަފުތާއަކު އެއްފަހަރު ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައިވާ ކަންތައްތައް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ޙައްލުކުރުން.

-  ދަރިވަރުންނަށް އަމާޒުކޮށްގެން، ދަރިވަރުންގެ ޞިއްޙަތާއި ހެދިބޮޑުވުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުުން.

-  ސްކޫލުން ތާވަލުކޮށްފައިވާ ހެލްތު ސްކްރީނިންގ، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުން.

-  ސްޓޫޑަންޓް ސަރވިސަސްއާ ގުޅުންހުންނަ (ލީވިންގ ސެޓުފިކެޓު ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުންހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓުގެ މަސައްކަތްތައް) އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

ވަޒީފާ އަދާކުރާ ސެކްޝަން: އެކަޑަމިކް ސެކްޝަން

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،   ހަޔަރަ  ސެކަންޑަރީ  ސްކޫލް  ސެޓުފިކެޓު އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓު: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައްކަމުގައި ބަލާނީ، ލައިބްރަރީއާ ގުޅޭ ދާއިރާއާއި، ކިޔަވައިދިނުމުގެ ދާއިރާއެވެ.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ލައިބްރަރީގެ އިންވެންޓްރީ ކޮންމެ އަހަރެއް ނިމުމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ނައްތައިލެވޭ ފޮތްތަކުގެ ރިކޯޑާއި ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

- ފޮތްތަކުގައި ނަންބަރު ޖެހުން.

- ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

- ލައިބްރަރީގައިވާ ފޮތްތައް ގަނޑުލައި ބެލެހެއްޓުން.

- ދަރިވަރުންނަށް ޓެކްސްޓް ފޮތް ދޫކުރުން.

- ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން ލައިބްރަރީ ތެރެ އިންތިޒާމްކޮށްފައި ހުރުން.

- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެކަން ބެލެހެއްޓުން.

- ލައިބްރަރީއާއި ލައިބްރަރީގެ ކްލާސް ރޫމްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން ބެލެހެއްޓުން.

- ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

- ސްޓޫޑެންޓް ސަރވިސަސްއާ ގުޅުންހުންނަ (ލީވިންގ ސެޓުފިކެޓު ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުންހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓުގެ މަސައްކަތްތައް) އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

މަޤާމް: ޕްރިންޓަރ

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ރޭންކް: އެސް. އެސް. 3

މުސާރަ: މަހަކު -/3875 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު -/1000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

ވަޒީފާ އަދާކުރާ ސެކްޝަން: އެކަޑަމިކް ސެކްޝަން

އަސާސީ ޝަރުޠު:

1. މަޤާމަށް ބޭނުންވާ  ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓު: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައްކަމުގައި ބަލާނީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ޓެސްޓް ޕޭޕަރުތައް ޗާޕްކުރުމާއި ހީރަސްޖެހުން.

- ޓީޗަރުންނާއި އޮފީސް ސްޓާފުންދޭ ހޭންޑްއައުޓްތައް ޕްރިންޓްކުރުމާއި، ޕޮޓޯކޮޕީ ހެއްދުމާއި، ހީރަސްޖެހުން.

- ޕްރިންޓިންގ މެޝިންތަކާއި ފޮޓޯކޮޕީ މެޝިންތައް ސާފުކޮށް ބެލެހެއްޓުން.

- ޕްރިންޓިންގ މެޝިންތަކަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ޙައްލުކުރުން.

- ޕްރިންޓިންގ މެޝިންތަކަށް ދިމާވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ޒިންމާއުފުލުން.

- ޗާޕްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްސް ބެލެހެެއްޓުން.

- ޗާޕްކުރަން ބޭނުންވާ ދެއްޔާއި، މާސްޓަރ ރޯލް ކަރުދާސްފަދަ ތަކެތި ހުސްވުމުގެ ކުރިން ނޯޓްކޮށް، މި ސެންޓަރުގެ މަސައްކަތަށް ދަތިނުވާނޭހެން ހޯދުން.

- ޗާޕްކުރުމަށް ނުވަތަ ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތީގެ ސިއްރު ހިފެހެއްޓުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.

- މަސައްކަތް އިތުރަށް ފުރިހަމަކުރެވޭނޭ ޒަމާނީ އައު ގޮތްތަކާއި ވަސީލަތްތައް ހޯދައި، ބޭނުންކުރުން.

- ކޮޕީރައިޓްސް ލޯއާއި، ސަރުކާރުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، އެ ގަވާއިދުތަކަށް އިޙުތިރާމްކުރުން.

- މި ސެންޓަރުން ދަރިވަރުންނަށް ބާއްވާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

- މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 14 އޮގަސްޓު 2016 އާއި 18 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 9.30 އިން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ www.chse.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓް ކޮޕީ.

3. އެކްރިޑެޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުން ދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑު ޖެހި ލިޔުމެއް (އުޅެފައިވާ މަޤާމާއި، ރޭންކާއި، މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން)

މަޤާމްތަކަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓް 9 ވަނަ ދުވަހުގެ 13:30 އެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ 14.00 ގެ ކުރިން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ 3321330 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ