ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިއްޖެ

އިޢުލާން

2016 ވަނަ އަހަރުގެ ޖޫންމަހު ފަށާ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިއްޖެ

  1. ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސް ލެވެލް 1
  2. ސެޓުފިކެޓު 1 އިން އިންގްލިޝް ފޮރ ޖެނެރަލް ޕަރޕަސް

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2016 އޮގަސްޓު 4 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ފެކަލްޓީ / ސެންޓަރުގެ ނަން

ކޯހުގެ ނަން

ޝަރުޠު

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެ ޖުމްލަ ފީ

ސެޓުފިކެޓު ލެވެލް 1

ލޭންގުއޭޖް ލާރނިންގ ސެންޓަރ

ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސް ލެވެލް 1

ހ. ފަށާ ތަޢުލީމުގެ މިންވަރަށް ތަކެތި (ލިޔަން، ކިޔަން، ވާހަކަދައްކަން) ދަންނަ މީހަކު ކަމުގައިވުމާއެކު،

ޢުމުރުން 16 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުން.

ހަވީރު

25

8 ހަފުތާ

-/500 ރުފިޔާ

ސެޓުފިކެޓު ލެވެލް 1

ލޭންގުއޭޖް ލާރނިންގ ސެންޓަރ

ސެޓުފިކެޓު 1 އިން އިންގްލިޝް ފޮރ ޖެނެރަލް ޕަރޕަސް

ހ. ފަށާ ތަޢުލީމުގެ މިންވަރަށް ތަކެތި (ލިޔަން، ކިޔަން، ވާހަކަދައްކަން) ދަންނަ މީހަކު ކަމުގައިވުމާއެކު،

ޢުމުރުން 16 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުން.

ހަވީރު

25

10 ހަފުތާ

-/500 ރުފިޔާ

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ ވެލިޑޭޓު ކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޕާސްޕޯޓުސައިޒުގެ 2 ފޮޓޯ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ހުށަހަޅަންޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަންފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 އަދި 3322718 ނަންބަރު ފޯނަށެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:00 އަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ އިދާރާއިންނެވެ.

ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިގެ އިދާރާއިން އަދި ވެބްސައިޓު (www.ium.edu.mv) އިންނެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ