އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކަނޑުދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

ކޮމިޝަނުގެ އިދާރާގެ ނަންބަރު: (A)AB-2016/80 (17 ޖުލައި 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް 7 ވަނަ ފެމްބޯސާ ބައްދަލުވުމާ ގުޅިގެން ކުރަން ބޭނުންވާ ކަނޑުދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 11:00

2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00

ވީމާ، މިދަތުރު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

17 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ