ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުުޓްބޯޅަދަނޑުގެ ކާނުތަކާއި، ވޯކްވޭގައި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ދެކުނުފަރާތުގެ ރަސްމީ ފުޓްބޯޅަދަނޑުގައި ޓާފް އެޅުމަށް ކުރަންޖެހޭ މަސައްކަތާ ގުޅޭ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށުގެ ދެކުނުފަރާތުގެ ރަސްމީ ފުޓްބޯޅަދަނޑުގެ ކާނުތަކާއި، ވޯކްވޭގައި ގައު އެތުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 3 ވާ ބުދަދުވަހުގެ 13:00 ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވާ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

ދިއްދޫ، ދިވެހިރާއްޖެ.

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 13:00 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ