ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމެއްގައި މުށިޖެހުމާބެހޭ

އިޢުލާން

ތިން ކްލާސްރޫމެއްގައި މުށި ޖެހުމާބެހޭ

މި ސްކޫލުގެ ފަސް ކްލާސްރޫމެއްގައި މުށިޖެހުމާ ބެހޭގޮތުން ކުރި ނަންބަރު GS111/2016/10 (20 މާރިޗު 2016) އިޢުލާނާ ގުޅިގެން ސާފުކޮށްދެވުނު މަޢުލޫމާތަށް ބައެއް ބަދަލު ގެންނަން ޖެހުމުން އެމަސައްކަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި ސްކޫލުން މުށި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

24 ޖުލައި 2016
ހޯދާ