އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް ގްރޭޑް 1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމިޝަނުން މަސައްކަތު މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު 123A/IUL/2016/23 ގެ އިޢުލާން ބާޠިލުކޮށް، އޮފީސް އެސިސްޓެންޓެއްގެ މަޤާމަށް އިޢުލާނު ކުރަމެވެ.

މަޤާމް:

އޮފީސް އެސިސްޓެންޓް ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން (އައްޑޫ ސިޓީ ބިޔުރޯ)

މުސާރައާއި ޢިނާޔަތްތައް:

1. މުސާރަ: މަހަކު -/4,000 ރުފިޔާ

2. ޑެއިލީ އެލަވަންސް: -/46 ރުފިޔާ

މަޤާމުގެ ޝަރުޠު:

1. ލިޔަންކިޔަން އެނގުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

2. އުމުރުން 50 އަހަރު ފުރިފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރުމާއި، އޮފީހުން އެކިފަރާތަތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖާއި، ޗިޓް ފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.

 

ހުށަހަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

3. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް.

ސުންގަޑި:

2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން.

 

 

 

 

 

އިތުރު މަޢުލޫމާތު:

1. އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ، ހުރަވީ ބިލްޑިންގުގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޮމިޝަނުގެ ކައުންޓަރަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހަށެވެ.

2. އެޕްލިކޭޝަން ފޯމު، އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.

3. އިންޓަވިއުއަށް ކިޔާނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.

4. އިންޓަވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރާނެއެވެ.

5. ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަނުގެ ކައުންޓަރުންނާއި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.acc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

7. ފޯމު  ބަލައިގަތުމަށްފަހުގައިވެސް،  ޞައްޙަނޫން  މަޢުލޫމާތެއް  ހިމަނާފައިވާކަން  ނުވަތަ  ޝަރުޠު  ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.

8. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3015217 ނަންބަރު ފޯނަށް، ނުވަތަ 3015200 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3317182 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ