ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މަޑަވެލީ ފުޓްބޯޅަދަނޑުގެ އުތުރުފާރު ތަޅާލައި، ދަނޑު ބޮޑުކޮށް، އެ ފާރު ރާނައި ފެންސް ޖެހުމާއި، ގޯލު ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

11:00

އާދީއްތަ

31 ޖުލައި 2016

މަޢުލޫމާތު ސާފުކުރުން

11:00

ބުދަ

03 އޮގަސްޓު 2016

އަންދާސީހިސާބު ހުށަހެޅުން

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޖުލައި 2016
ހޯދާ