ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެއަރކޯން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ދިވެހިރާއްޖޭގެ ހައިކޯޓުގެ މީޓިންގރޫމް 1 ގައި ހުރި 36،000 ބީ.ޓީ.ޔޫ ޑައިކިން ސުޕަރ އިންވާޓަރ ސީލިންގ މައުންޓް އެއަރކޯނުން ފިނިނުވާ މައްސަލަ ޙައްލުކޮށްދީ މި އެއަރކޯން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)95-PM/1/2016/49 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މި ކޯޓުގެ މީޓިންގރޫމް 1 ގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ