އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އދ. ފެންފުށީ މަސްޖިދުއްތަޤްވާ މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:

އދ. ފެންފުށީ މަސްޖިދުއްތަޤްވާގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރުމަށް ބޭފުޅަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ބޭފުޅެއްކަން ބަޔާންކުރާ ސިޓީއަކާއެކު ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމަވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ