މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖޭގެ ބައިނަލްއަޤުވާމީ އެއަރޕޯޓާއި، ޑޮމެސްޓިކު އެއަރޕޯޓުތަކުގައި މަސައްކަތްކުރާ އަދި މަސައްކަތް ކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމުގެ މަސައްކަތް، 1 އޮގަސްޓު 2016 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެންގުން

އިޢުލާން

ރާއްޖޭގެ ބައިނަލްއަޤްވާމީ އެއަރޕޯޓާއި، ޑޮމެސްޓިކު އެއަރޕޯޓުތަކުގައި މަސައްކަތްކުރާ އަދި މަސައްކަތް ކުރުމަށް އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީންކުރުމުގެ މަސައްކަތް، 1 އޮގަސްޓު 2016 އިން ފެށިގެން ކުރިއަށް ގެންދިއުމަށް މި މުއައްސަސާއިން ވަނީ ނިންމާފައެވެ. މިގޮތުން ރާއްޖޭގެ ބައިނަލްއަޤުވާމީ އެއަރޕޯޓާއި، ޑޮމެސްޓިކު އެއަރޕޯޓުތަކުގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ހެއްދުމަށާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ އެއަރޕޯޓާއި، ޑޮމެސްޓިކް އެއަރޕޯޓުތަކުގައި މިހާރު މަސައްކަތްކުރަމުންދާ ބިދޭސީންގެ އެމްޕްލޮއިމަންޓް އެޕްރޫވަލް އާކުރުމަށް ހުށަހަޅާއިރު (IM 30) ފޯމު ހުށަހަޅަންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެއަރޕޯޓުތަކުގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީންގެ ސްޕެޝަލް ވިޒާއާއި، ބިޒްނަސް ވިޒާއަށް އެދި ހުށަހަޅާއިރުވެސް މިދެންނެވި ފޯމު ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، 1 އޮގަސްޓު 2016 އިން ފެށިގެން، މަތީގައި ބަޔާންކުރެވުނު ޚިދުމަތްތަކަށް އެދި ހުށަހަޅުއްވާއިރު ބިދޭސީންގެ ސެކިއުރިޓީ ސްކްރީން ފޯމު ބޭނުންވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މި ފޯމު މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓް http://www.immigration.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

19 ޝައްވާލް 1437

 

24 ޖުލައި 2016
ހޯދާ