އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ސަރަހައްދީ އޮފީހުގެ އިމާރާތުގެ ހުރިހާ ކުޑަދޮރުތަކެއްގައި ބްލައިންޑްސް ހަރުކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހު 14:00 އަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހު 14:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

24 ޖުލައި 2016
ހޯދާ