އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަރާޖެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ކައުންސިލުގައި އާ ގަރާޖެއް ހަދައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލުން ބައެއް ތަކެތި ދިނުމުން މި ކައުންސިލްގެ ގޯތިތެރޭގައި ގަރާޖެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ.

19 ޖުލައި 2016
ހޯދާ