އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ކުޑަކުދިންގެ ޕާކުގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އއ. ރަސްދޫ ކުޑަކުދިންގެ ޕާކުގައި ވޯކްވޭތަކެއް ހަދައި، ދޮންވެލި ލައި، މިނީ ފުޓްސެލްދަނޑެއް ހަދައި، ކަރަންޓްވައިރާއި ފެންވައިރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލުގެ އިދާރާއަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

19 ޖުލައި 2016
ހޯދާ