އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، ކުދިކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މަސްޖިދުލް ޢައިޝާ ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، ކުދިކުދި މާރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އއ. ތޮއްޑޫ ކައުންސިލްގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އއ. ތޮއްޑޫ ކައުންސިލްގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު: 6660537 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ