ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލަކުޑި ޕާޓިޝަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮތޯރިޓީގެ 5 ވަނަ ފަންގިފިލާގެ ލަކުޑި ޕާޓިޝަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މި އޮތޯރިޓީން ދޭ ކުރެހުމާ އެއްގޮތަށް 5 ވަނަ ފަންގިފިލާގައި މިހާރު ޖަހާފައިހުރި ލަކުޑި ޕާޓިޝަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 09 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ