މަޤާމު:
|
ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް
|
ރޭންކް:
|
އީ.އެކްސް. 1
|
ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ސެކްޝަން
|
ކޯޕަރޭޓް ސަރވިސަސް
|
މުސާރަ:
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
ލިވިންގ އެލަވަންސް
|
މަހަކު -/4000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 3092/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމާއި ތަޖުރިބާ:
|
އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާ ނުވަތަ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާ ނުވަތަ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- އިންޓަރނޭޝަނަލް ރިލޭޝަންސްގެ މަސައްކަތްތައް ތަރައްޤީކޮށް ބޭނުންވާ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
- ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މަސައްކަތާއި ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭން ބޭރުގައި މިފަދަ އެހެން އިދާރާތަކާއެކު ގުޅުން ޤާއިމު ކުރުމާބެހޭ މަސައްކަތްކުރުން.
- ސިވިލް ސަރވިސްގެ މަސައްކަތާއި ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާނެ އެކިއެކި ފުރުޞަތުތައް ހޯދައިދިނުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
- ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާނެ ތަމްރީނު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އެހީއާއި ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
- ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ޑޯނަރ އޭޖެންސީތަކުގެ އެހީ ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ރާއްޖޭން ބޭރާ ގުޅިގެން ހިންގޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ސިވިލް ސަރވިސް ކޮމިޝަނާއި އެފަދަ ފަރާތްތަކާއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުން.
- ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ސިވިލް ސަރވިސް ކޮމިޝަނާއެކު އެއްބަސްވާ އެމް.އޯ.ޔޫ ތައް ތައްޔާރުކުރުމާގުޅޭ މަސައްކަތްތައްކުރުން. އަދި އެފަދަ އެމް.އޯ.ޔޫ ތަކުގައި ކޮމިޝަނުގެ މަސައްކަތްތައް ވިލަރެސްކުރުން.
- ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތަތައް ކުރުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 އޮގަސްޓު 8 އާއި 2016 އޮގަސްޓު 11 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
16 ޝައްވާލް 1437
|