މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓުގެ ޚިދުމަތްދޭނެ އޭޖެންޓެއް ހޯދުމާބެހޭ

އިޢުލާން

ޕޯސްޓުގެ ޚިދުމަތްދޭނެ އޭޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ދ. ކުޑަހުވަދޫއަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.

  1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.
  2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން.
  3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
  4. ޕޯސްޓް ކާގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ހަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
  5. ސްޓޭމްޕް ވިއްކުން.
  6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައިދިނުން.

އޭޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.

ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

ބޭންކް އެކައުންޓެއް އޮންނަ ފަރާތެއް ކަމުގައިވުން.

ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ.

މަހަކު -/500 (ފަސްސަތޭކަ ރުފިޔާ) އޭޖެންސީ އުޖޫރަ

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި. 

  1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުއްވުން.
  2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދައިގެ ކޮޕީއާއި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީ އަދި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 އޮގަސްޓު 2016 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ސިޓީއުރައިގެ ބޭރުގައި "އޭޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ، ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރގެ އެޑްމިން ޑިޕާޓްމަންޓަށެވެ. އަދި އަތޮޅުތެރެއިން ނަމަ، މިކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކުންފުނީގެ ފޯން ނަންބަރު 3009159 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ