ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :މެކޭނިކަލް އެސިސްޓަންޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު:       މެކޭނިކަލް އެސިސްޓަންޓް ގރ.1

އަދަދު:       1

މުސާރަ:     -/4690ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން:  އެޑްމިނިސްޓްރޭޝަން / އެސްޓީއޯ ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސްގެ ގޮތުގައި -/2000ރ އާއި -/2800ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/100ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މަރާމާތުގެ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ އިމާރާތްތަކުގެ ކޭބަލް ވަޔަރިންގއާ ގުޅުންހުރި ކަންތައްތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

  • އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރޯނިކްސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯސް ފުރިހަމަކޮށްފައިވުން.
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުންނާއި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓު:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު،

ފޯނު: 33344333، 3344273

21 ޖުލައި 2016
ހޯދާ