މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS 4

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ / އެޑްމިން ސެކްޝަން

 

ތައުލީމާއި ތަޖުރިބާ

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި ކަމާބެހޭ ފަރާތްތަކަށް ޕާސްކުރުން.

2. މިނިސްޓްރީއަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

3. މިނިސްޓްރީއަށް އަންނަ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ބެލެހެއްޓުން

4. މިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތައް ކަމާ ގުޅޭ ސެކްޝަންތަކާ ހަވާލުކުރުން.

5. ސެކްޝަނަށް ލިބޭ ލިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ މަޝްވަރާގެ ދަށުން ބެލެހެއްޓުމާއި،  ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން، އަދި ސެކްޝަނުން ފޮނުވާ ލިޔުންތަކަށް ވާނުވާ ބެލުމާއި، ގުޅުން ހުރި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

6. ސެކްޝަންގެ ގުޅުންހުރި ލިޔުންތައް އުސޫލުތަކާ އެއްގޮތަށް ފައިލުކޮށް ބެލެހެއްޓުން.

7. ސެކްޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން.

8. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ހަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.

9. މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުން.

10. ސިޔާސީ ބޭފުޅުންގެ އެޕޮއިންޓްމަންޓުތައް ހަމަޖެއްސުމާއި އެޕޮއިންޓް މަންޓުތަކަށް ވަޑައިގަންވާ ބޭފުޅުންނާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި ބިއުރޯގެ ވެރިއާއަށް ރިޕޯޓުކުރުން.

11. ސިޔާސީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަންޖެހޭ ޓީވީ/ރޭޑިއޯގެ ޕްރޮގްރާމުތަކާއި ފޯރަމުތައް އިންތިޒާމުކުރުމާއި އެކަންކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި މައުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ވެރިޔާގެ ލަފައާއެކު އިސްކޮށް ހަރަކާތްތެރިވުން.

12. ރާއްޖޭގެ އެކިކަންކޮޅުތަކަށް ސިޔާސީ ބޭފުޅުން ކުރައްވާ ދަތުރުފުޅުތައް އިންތިޒާމުކުރުމާއި ރިޒަވޭޝަން ހެދުމާއި ރަށްރަށުގެ ލޮޖިސްޓިކްސްގެ މަސައްކަތްތައް އިންތިޒާމުކުރުމާއި ފުރާވަޑައިގަންނަވާއިރު އަރިހުގައި ހުޅުލެއަށް ދާންޖެހިއްޖެނަމަ ދިއުން.

13. ސިޔާސީ ބޭފުޅުން މަސައްކަތްޕުޅުތައް ބެލެހެއްޓުމުގައި، ޒިންމާ ދާރުވުމާއި، ސިއްރު ހިފެހެއްޓުމާއެކު މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.

14. ސިޔާސީ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ބެލެހެއްޓުމާއި ދަތުރުފުޅުތަކާބެހޭ ގޮތުން ތައްޔާރުކުރައްޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ރައްދުކުރައްޖެހެ ފަރާތްތަކަށް ރައްދުކުރުން.

15. މީޑިއާއަށް ދޭންޖެހޭ މިދާއިރާއާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ބެލެހެއްޓުމާއި ވެރިންގެ މަޝްވަރާއާއެކު މައުލޫމާތު ފޯރުކޮށް ދޭއްޖެހޭ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން  

ސުންގަޑި

2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުން އޮންނާނީ އޮގަސްޓު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027525 /3027529 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް http://mlg.gov.mv އިން ލިބެން ހުންނާނެއެވެ.   

24 ޖުލައި 2016
ހޯދާ