ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ފަރުނީޗަރު ގަންނަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އެޖެންސީގެ ދަށުން ކ.މާފުށީގައި ގާއިމުކުރެވިފައިވާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް ބޭނުންވާ ފަރުނީޗަރު އަދި ކޮމްޕިއުޓަރު ސިސްޓަމް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2016/40) (29 ޖުލައި 2016) ޢިއުލާނުގެ ފަރުނީޗަރު ބަޔަށް އަންދާސީހިސާބު ހުށަހެޅުއްވި ފަރާތުން ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ ސްޕެސިފިކޭޝަނާއި މި އެޖެންސީން ދީފައިވާ މައުލޫމާތު ޝީޓުގައިވާ ސްޕެސިފިކޭޝަނާ ދިމާނުވާތީ ފަރުނީޗަރު ގަތުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

01 އޮގަސްޓު 2016

އާދީއްތަ

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

04 އޮގަސްޓު 2016

ބުރާސްފަތި

11:00 (މެންދުރުކުރި)

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ