މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2   

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

-/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,203/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް،ސެކްޝަން، ރަށް:

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ޕްރޮކިއުމަންޓް ޔުނިޓް

ބޭނުންވާ އަދަދު

01 ( އެކެއް )

ޝަރުޠު

  1. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  4. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީގެ އެކި ސެކްޝަންތަކުން އެދިގެން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު -/25000 ރުފިޔާއަށްވުރެ މަތިވާ މަސައްކަތްތަކަށް އިޢުލާނުކޮށް، ކަމާގުޅޭ، މަޢުލޫމާތު ޝީޓް ތައްޔާރުކޮށް، އެކަމާ ގުޅިގެން ބޭއްވޭ ޕްރީބިޑް މީޓިންގ ބޭއްވުމުގެ ކަންތައްތައް ހަމަޖެއްސުން (ދައުލަތުގެ މާލިއްޔަތުގެ ބާބު 8 ގައިވާ ގޮތުގެ މަތިން)
  2. ސެކްޝަނުން ކުރެވޭ އިޢުލާނުތަކާ ގުޅިގެން ހުށަހެޅޭ ބިޑުތައް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރުވައި އިވެލުއޭޝަނަށް ގޮތެއް ނިންމުމަށް މައްސަލަ އެޖެންސީ ޓެންޑަރ ކޮމެޓީއަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ޓެންޑަރ ކޮމެޓީން ނިންމުމުން ބިޑަށް ހޮވޭ ފަރާތަށް އެވޯޑް ލެޓަރ ފޮނުވުމާއި ނުހޮވޭ ފަރާތްތަކަށް ލިޔުމުން އެކަން އެންގުން.
  4. އޭޖެންސީ ޓެންޑަރ ކޮމެޓީގެ ޑިޒިޝަން ނޯޓް ތައްޔާރުކުރުމާއި ކޮމެޓީގެ ޔައުމިއްޔާ ލިޔުމުގެ އެންމެހައި ކަންތައް ހަމަޖެއްސުން.
  5. އެސެޓް މެނޭޖްމަންޓާބެހޭ ކަންތައް ހިންގައި ބެލެހެއްޓުން.
  6. މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެގްރީމެންޓްތައް ތައްޔާރުކުރުވުމާއި، ސޮއިކުރުވުން، އަދި އެގްރީމެންޓްތައް ރައްކާތެރިކަމާއެކު ފައިލުކޮށް އޭގެ ރިކޯޑާއެކު ބެލެހެއްޓުން.
  7. އޮފީހުން ނީލަމަށް ފޮނުވަން ހަވާލުކުރާ ތަކެތި ބަލައިގަނެ ލިސްޓު ހަދައި، މިފަދަ ތަކެތި ނީލަމަށް ފޮނުވުމުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  8. މުވައްޒަފު ކުރާ މަސައްކަތްތަކާ ބެހޭގޮތުން ސެކްޝަން ނުވަތަ ޔުނިޓުގެ ވެރިޔާއަށް ދުވަހުން ދުވަހަށް މަޢުލޫމާތު ދެވޭގޮތަށް ރެކޯޑްސް ބެލެހެއްޓުން.
  9. ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  10. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ބެލުމާބެހޭ އެންމެހައި ކަންކަން ކުރުން.
  11. މި ނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ސަރުކާރުގެ ޕްރޮޖެކްޓުތަކުގައި ފައިސާއާބެހޭ މަސައްކަތް.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:  

2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާންކުރުން 11 އޮގަސްޓު 2016 އާއި 31 އޮގަސްޓު 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

16 ޝައްވާލް 1437  

21 ޖުލައި 2016
ހޯދާ