ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިން ކޮޓަރީގެ 02 އެޕާޓްމަންޓް ހޯދުމާ ގުޅޭ

އިޢުލާން

ތިން ކޮޓަރީގެ 02 އެޕާޓްމަންޓް ހޯދުމާ ގުޅޭ:

މި ކުންފުނީގެ މަސައްކަތަށް ނެގޭ ރާއްޖެއިން ބޭރު މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ހެޑްއޮފީހާ ކައިރި ސަރަޙައްދަކުން 03 (ތިނެއް) ކޮޓަރީގެ 02 (ދޭއް) އެޕާޓްމަންޓް ދިގު މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 07 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ