މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ސްކޫލުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. ނޮޅިވަރަމު ސްކޫލުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)22-G/1/2016/21 (19 ޖުލައި 2016) ގައި ލިޔުމުގެ ކުށެއް އިނުމުން އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

ހދ. ނޮޅިވަރަމު ސްކޫލުގެ ކުދިން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް، އަދި އާ ފާޚާނާބަރިއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން 28 މާރިޗު 2016 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރެވުނު ނަންބަރު (IUL)22-G/22/2016/12  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، ހދ. ނޮޅިވަރަމު ސްކޫލުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

02 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް

09 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނުވަތަ 3341137 ނަންބަރު ފޯނާއެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ