މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދަރުމަވަންތަ ސްކޫލް ބައު ޢިމާރާތްތައް ތަޅާލުން

އިޢުލާން

ދަރުމަވަންތަ ސްކޫލުގެ ބައު ޢިމާރާތްތައް ތަޅާލުން

މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)22-G/1/2016/152 (19 ޖުލައި 2016) ގައި ލިޔުމުގެ ކުށެއް އޮތުމުން އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ މީޓިންގރޫމް 4 އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

02 އޮގަސްޓު 2016 ވާ އަންގާރަދުވަހުގެ 11:00 އަށް

09 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3341137 ނުވަތަ 3341136 ފޯނަށް ގުޅުއްވުން އެދެމެވެ. 

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ