ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސްޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1 (އެކެއް)

ބޭނުންވާ އަދަދު:

އެސިސްޓެންޓް މުނިސްޕަލް ސަރވިސް އޮފިސަރ

މަޤާމް:

ހއ. ވަށަފަރު

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ

އޮފީސް:

މަހަކު -/1500 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/4465 ރުފިޔާ

މުސާރަ:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

ދާއިމީ

މަޤާމުގެ ގިންތި:

J-222459

މަޤާމް ނަންބަރު:

އޮފިސަރ ގްރޭޑް1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލް ސަރވިސް

މަޤާމުގެ ކެޓަގަރީ:

އިކޮނޮމިކް، ސޯސަލް އެންޑް މުނިސްޕަލް ސަރވިސަސް

ޔުނިޓް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

1. ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުން.

2. ތަކެތި ބަލައިގަތުން (ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޮނުވާ ތަކެއްޗާއި، އިދާރާއަށް ބޭނުންވެގެން ގަންނަ ތަކެތި)

3. އެންޓަރކުރުމާއި ސްޓޮކް ބެލެހެއްޓުން.

4. މަސްރިޕޯޓް ތައްޔާރުކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅޭ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ސެކްޝަނަށް ހަވާލުކުރުން.

5. ގޯތި ރަޖިސްޓްރީއާއި، އިމާރާތާއި ގޯތި ރަޖިސްޓްރީގެ އެންމެހައި މަސައްކަތްކުރުން.

6. ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީތައް ތައްޔާރުކުރުން.

7. ބިންބިމާއި ގޯތިގެދޮރުގެ އެންމެހައި މަސައްކަތްކުރުން.

8. އޮޑިދޯނިފަހަރުގެ ސަލާމަތީ ސެޓުފިކެޓު ހެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

9. މަގުތަކާއި ބަނދަރުގެ ހޮޅިބުރިތަކުގެ ތެރޭގައި މަރާމާތުކުރަންޖެހޭ ތަކެތި ހުރިތޯ ބެލުމާއި، ކައުންސިލަށް ހުށަހަޅައިގެން ކައުންސިލުގެ މަޝްވަރާގެމަތިން އެކަމެއް ޙައްލުކުރުން.

10. ކައުންސިލްގައި ބޭނުންކުރެވޭ މެޝިނަރީއާއި މުއާސަލާތާބެހޭ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.

11. ކައުންސިލް އިދާރާ މެދުވެރިކޮށް އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

12. ކައުންސިލް އިދާރާ ހުޅުވައި ލެއްޕުމުގެ ޓޭބަލުގައިވާގޮތަށް އިދާރާ ހުޅުވައި ލެއްޕުމާއި، ހަވާލުކުރެވޭ މަސައްކަތުގެ ރެކޯޑް ބެލެހެއްޓުމާއި، ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއި، އެ މަސައްކަތެއް ކުރާ މުވައްޒަފަކާ އެ ލިޔުމެއް ހަވާލުކުރުން.

13. ގޯތިގޯއްޗާއި، މަގުމަގަށްއަރާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ކުރަންޖެހޭ އިޢުލާނުތައް ކުރުމާއި، ރުއްގަހާބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، އިދާރީގޮތުން އެ މައްސަލަތައް ހަމަޖައްސައިދިނުމާއި، ރުއްގަހުގެ ރަޖިސްޓްރީ ލިޔެބެލެހެއްޓުމާއި، ރުއްލަކުޑިއަށްއެދޭ ފަރާތްތަކަށް ސިޓީ ދޫކޮށް، ކެނޑި ރުއްލަކުޑީގެ ރިޕޯޓް ލިޔެ ފޮނުވައި ބެލެހެއްޓުން.

14. ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުމާއި، ސުޕަވައިޒްކުރުމަށް ހަވާލިކުރެވިފައިވާ މުވައްޒަފުގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ނިންމަންޖެހޭ މުއްދަތަށް ނިންމައި، ޒިންމާދާރުވެރިޔާއާ ހަވާލުކުރުން.

15. އެއްބުރިއަށްވުރެ ގިނަ ބުރިތަކަށް އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތް ތައްގަނޑު ޖަހާފައިވާ)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

ހުށަޙަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމާއި، އެހެނިހެން ލިޔުންތައް، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއަށް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި ގަޑި، ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އިދާރާގެ 6500039 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ