ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: MS2

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް:

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ޕްރޮކިއުމަންޓް ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އިޢުލާނުކުރަންޖެހޭ ކަންކަމަށާއި، މި އެޖެންސީގައި ކުރަންޖެހޭ މަރާމާތުތަކަށް މަޢުލޫމާތު ޝީޓް ހެދުމާއި، ޕޮއިންޓްދޭ މިންގަނޑު ހަދައި، ތައްޔާރުކުރުކޮށް، ގެޒެޓުކުރަން ފޮނުވުން.

2. އެންޑީއޭއާއި އެންޑީއޭގެ ދަށުން ހިންގާ ސެންޓަރުތަކަށް ބޭނުންވާ ލިޔެކިއުމާއި، ފޮޅައި ސާފުކުރާ ތަކެއްޗާއި، ހަރުމުދަލާއި، ބޭސް ހޯދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

3. ޕްރޮކިޔުމަންޓް ސެކްޝަނަށް ލިބޭ ލިޔެކިއުންތައް ނަގައި ހަވާލުކުރަންޖެހޭ މުވައްޒަފުންނާ ހަވާލުކުރުން.

4. ބިޑު އިވަލުއޭޓުކުރުމާއި، ޓެންޑަރ ކޮމިޓީ ބޭއްވުމާއި، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

5. އެކިއެކި ރަސްމިއްޔާތުތަކާއި އިވެންޓްތަކަށް އެޑްމިންއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

6. އެން.ޑީ.އޭގެ އެކި ސެކްޝަންތަކުންނާއި ވެރިން އެކިތަންތަނަށް ކުރަންޖެހޭ ރަސްމީ  ދަތުރުތައް ރާވައި ހިންގުން.

7. ޕްރޮކިޔުމަންޓުގައި ދަށުން މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އެޕްރައިޒަލް ހެދުން.

8. އަހަރީ ރިޕޯޓް ނިންމަންޖެހޭ ތާރީޚަށް ނިންމުމުގެ މަސައްކަތްކުރުމާއި، ޕްރޮކިޔުމަންޓު ސެކްޝަނުގެ ބަޖެޓު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

9. ރިސެޕްޝަނުން އެންޓްރީނެގުމާއި އެންޓްރީ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރާ މުވައްޒަފު ހާޒިރުނުވާ ދުވަސްތަކުގައި އެންޓްރީ ނަގާ ފަރާތަކާ ހަވާލުކުރުން.

10. މި އެޖެންސީން ކުރާ އިޢުލާނުތަކާ ގުޅިގެން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، ބިޑު ހުޅުވުން.

11. އެގްރިމެންޓްކުރެވިގެން ހިންގޭ ޕްރޮޖެކްޓްތައް ބަލައި، ސުޕަވައިޒްކޮށް، ސެކްޝަނުގެ ހެޑަށް ރިޕޯޓްކުރުން.

 

 

 

މަގާމުގެ ޝަރުޠު:

1. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

7. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް :ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (އެމް. އެސް. 1)

މަޤާމުގެ ރޭންކް: MS1

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ އެލަވަންސް ފޮތުގެ G209 ގައިވާ ގޮތުގެ މަތީން.

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް)

 

 

މަޤާމުގެ ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އެން.ޑީ.އޭ.އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ ކޮމްޕިއުޓަރުތައް ސަރވިސްކޮށް ބެލެހެއްޓުމާއި، ސިސްޓަމްތައް އެއްތަނުން އަނެއް ތަނަށް ބަދަލުކޮށް، ސެޓްއަޕްހެދުމުގެ މަސައްކަތްކުރުން.

2. އެން.ޑީ.އޭ.އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނަށް ބޭނުންވާ އައިޓީ ސަޕޯޓް ދިނުން.

3. އެން.ސީ.އައި.ޓީއާ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން.

4. އެން.ޑީ.އޭ. އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ އިންޓަރނެޓް ބަލަހައްޓާ ބޭނުންވާ އަޕްގްރޭޑްތައް ގެނައުން.

5. އެން.ޑީ.އޭ.އިން ހިންގާ ޓްރޭނިންގތަކުގައި އައި.ޓީ ގެ ފަންނީ އެހީދިނުން.

6. ޕްރޮކިއުމަންޓަށް ބޭނުންވާ އައި.ޓީ.އާ ގުޅުންހުރި ތަކެތި ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

7. އެން.ޑީ.އޭ. އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ ކޮމްޕިއުޓަރތަކަށާއި ނެޓްވޯރކްއަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމަށް އައި ޓީ ހެލްޕް ޑެސްކުގެ ޚިދުމަތް ދިނުން.

8. މި އެޖެންސީގެ ދަށުން އަތޮޅުތަކުގައި ހިނގަމުންދާ ސެންޓަރުތަކުގެ އައި.ޓީގެ މައްސަލަތައް ޙައްލުކުރުމަށް އެ ސެންޓަރުތަކަށް ދިއުން.  

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް މީހުން ހޮވުމުގައި ކޮރަލް ޑްރޯ، ފޮޓޯ ޝޮޕް، ސަރވަރ ސައިޑް މަސައްކަތް އަދި މިނޫންވެސް ގްރެފިކްސްގެ މަސައްކަތް ކުރުމަށް ބޭނުންވާ ސޮފްޓްވެއަރތަކުގެ މަސައްކަތްތައް ކުރަން އެނގޭ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނއެވެ.

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް:  ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ އެލަވަންސް ފޮތުގެ G209 ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވެންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ޕްރޮކިއުމަންޓް ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބިޑު އިވަލުއޭޓުކުރުމާއި، ޓެންޑަރ ކޮމިޓީ ބޭއްވުމާއި، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

2. ޕްރޮކިޔުމަންޓް ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި، މެމޯ ފަދަ ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3. ޕްރޮކިޔުމަންޓް ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، ކޮމިޓީއާ ގުޅޭ އިދާރީ މަސައްކަތްކުރުން.

4. ބަޖެޓަށް ފޮނުވަންޖެހޭ ބިލްތަކުގެ ސަޕޯޓިންގ ޑޮކިއުމެންޓްތައް ހަމަކޮށް، ބަޖެޓް ސެކްޝަނަށް ފޮނުވައި، ރެކޯޑްސް ބެލެހެއްޓުމާއި، ފައިލްކުރުން.

5. މުދަލާއި ޚިދުމަތަށްއެދޭ ފޯމު ހަދައި، ފޮލޯއަޕް ހެދުން.

6. ބިލްތައް އެންޓަރކޮށް، ބިލުގެ އެންޓްރީ ބެލެހެޓުމާއި، ލިބޭ ބިލްތައް ހަވާލުކުރުން.

7. މުދާ ހޯދުމަށް ކޯޓޭޝަނާއި، އަގުބަލާ ފޯމާއި، އެސެޓް ފޯމާއި، ކެޕިޓަލް ފޯމު ހެދުމުގެ މަސައްކަތްކުރާ މުވައްޒަފު އޮފީހަށް ހާޒިރުނުވާ ދުވަސްތަކުގައި މި އެޖެންސީއަށް ބޭނުންވާ އެކި ޚިދުމަތްތައް ހޯދުމަށް ލިޔަންޖެހޭ ރިކުއެސްޓް ނޯޓު ލިޔުން.

މަގާމުގެ ޝަރުޠު:

1. ބިޒްނަސް،  އެޑްމިނިސްޓްރޭޝަން،  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް،  އެޑްމިނިސްޓްރޭޝަން،  މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް :އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް:  ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް:

އަސާސީ މުސާރައިގެ %35 (މަހަކު) 

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން)

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސެކްޝަނަށް ލިބޭ ތަކެތި އެންޓްރީއަށް އެންޓަރކުރުން.

2. ބިލްތަކަށް ފައިސާ ދެއްކުމާއި، ބިލްތަކުގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.

3. ބަޖެޓް ކޮންޓްރޯލްކުރުމާއި، ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުމާއި، އާމްދަނީ ރިޕޯޓް ހެދުން.

4. އެން.ޑީ.އޭގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުމުގެ މަސައްކަތްކުރުން.

5. މާލީ ހިސާބު ތައްޔާރުކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. ބިޒްނަސް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އެކައުންޓިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން،ފައިނޭންސް، އެކައުންޓިންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކްންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G209 ގައިވާ ގޮތުގެ މަތީން.

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ. ހިންމަފުށި

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑީ.ޓީ.އާރު.ސީއަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، ސާރކިއުލަރއާއި، ނޯޓާއި، މެމޯ ފަދަ ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.

2. ސެންޓަރަށް އަންނަ ލިޔުންތައް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައި އޮންނަ ގަޑީގައި އެންޓްރީން ބަލައިގަނެ، އެންޓަރކޮށް، ވެރިއަކާ ހަވާލުކުރުން.

3. މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޑާޓާ ބެލެހެއްޓުން.         

4. މުސާރަ ހެދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

5. ހަވާލުކުރެވިފައިވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް، އެޕްރައިޒަލް ހެދުމާއި، މުވައްޒަފުންނާމެދު އަޅަންޖެހޭ ފިޔަވަޅެއް، ޑީ.ޓީ.އާރު.ސީ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ލަފަޔާއި އިރުޝާދުގެމަތީން އެޅުން.

6. ޑީ.ޓީ.އާރް.ސީ ހުރިހާ މުވައްޒަފުންގެ އެޕްރައިޒަލްއާއި ވަޒީފާ ބަޔާން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްކުރުން.

7. ޑީ.ޓީ.އާރް.ސީ ހުރިހާ މުވައްޒަފުންގެ ޕާރސަނަލް ފައިލް ތައްޔާރުކޮށް، އަޕްޑޭޓްކޮށް، ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައްކުރުން.

8. ޖުމްލަކޮށް ޑީ.ޓީ.އާރް.ސީގައި ކުރަންޖެހޭ  އެޗް.އާރުގެ އެންމެހައި މަސައްކަތަކާއި އެޑްމިން މަސައްކަތްތައް ކުރުން.

 

 

މަޤާމުގެ ޝަރުތު:

1. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓާއި، ސެޓުފިކެޓް ނުލިބޭނަމަ، ސެޓުފިކެޓު އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ލިޔުން)

3. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޓިޑްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެއެވެ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި:

މި ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމުތަކަށް އިންޓަވިއުކުރުން އޮންނާނީ، 2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

ސްކްރީނިންގ:

- އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް، މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން.

- މަޤާމުގެ އަސާސީ ޝަރުޠަކުގައިވާ ތަޢުލީމީ ފެންވަރު ހަމަވުން.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން (އެޕްލިކޭޝަން ފޯމު، ވަނަވަރު، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)

- އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

 

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް  އެދޭ  ފޯމާއި،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް  ލިބުނުކަން ކަށަވަރުކުރާ ފޯމު، މި އެޖެންސީގެ http://www.nda.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3343061 ނަންބަރު ފޯނަށެވެ. 

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ