އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމިޝަނުން 5 ޖުލައި 2016 ގައި ކޮށްފައިވާ ނަންބަރު (A)AC-2016/70 ގެ އިޢުލާނުގައިވާ ޑިރެކްޓަރގެ މަޤާމަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ، އަލުން މި މަޤާމަށް އިޢުލާނުކުރަމެވެ.

މަޤާމް:

ޑިރެކްޓަރ

ވަޒީފާގެ ބާވަތް:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން / ޔުނިޓް:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/8،835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 (މަހަކު)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ، ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާގޮތަށް.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

1. އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާގައި (އިންފޮމޭޝަން ޓެކްނޮލޮޖީ) މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން (5 އަހަރުދުވަހުގެ ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ގުނޭނެއެވެ.)

3. ސޮފްޓްވެއަރ ޑިވޮލޮޕްކުރުމުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން.

4. އުމުރުން 45 އަހަރު ނުފުރޭ މީހަކުކަމުގައިވުން.

5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ސެކްޝަނުގެ މަސައްކަތް ރާވައި، ހިންގައި، މި ކަންކަން ކަށަވަރުކުރުން.

- ސެކްޝަނުގެ މަސައްކަތް ރޭވުމުގައި ޓާގެޓްތަކެއް ކަނޑައަޅައި، އެކަންކަން ހާސިލުކުރެވޭ މިންވަރު ބެލޭނެ ނިޒާމެއް ހިމެނޭގޮތަށް މަސައްކަތް ރޭވުމާއި، ކުރިއަށް އޮންނަ އަހަރުގެ މަސައްކަތު ތާވަލެއް އެކަށައަޅައި، އެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރެވެމުންދޭތޯ ކަށަވަރުކުރުން.

- ކޮމިޝަނުގެ އިދާރާ ތަރައްޤީކުރުމަށް ތަފާތު ޚިޔާލުދިނުމާއި، ކަންކަން ކުރުމުގައި ބޭނުންކުރެވިދާނެ ގޮތްތަކާމެދު ޚިޔާލުދިނުން.

- މަސައްކަތަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމާއި، ހަވާލުވެފައިވާ ޑިވިޜަނުގެ މަސައްކަތުގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުން.

- ކުރިޔަށް އޮތް އަހަރު ކުރަން ރޭވިފައިވާ މަސައްކަތްތަކަށް ރިޢާޔަތްކޮށް ޑިވިޜަނާ ގުޅޭ ކަންތައްތައް ކުރުމަށް ބޭނުންވާ ބަޖެޓު ތައްޔާރުކޮށް، ބަޖެޓް ސެކްޝަނަށް ކަނޑައެޅޭ މުއްދަތަށް ފޮނުވުން.

- އިންތިޚާބުތަކުގެ ވަގުތީ ނަތީޖާއާއި، ދާއިމީ ނަތީޖާ ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

ނޯޓު:

މަތީގައި ބަޔާންވެފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 15:00  ކުރިން، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

 

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަންވާނެއެވެ.

- އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.elections.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

- މި ކޮމިޝަނުގެ ނަންބަރު (A)AC-2016/70 (5 ޖުލައި 2016) ގެ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

35 މާކްސް

މަސައްކަތު ތަޖުރިބާ

20 މާކްސް

އިންޓަވިޔު

35 މާކްސް

ޢަމަލީ ޓެސްޓު

10 މާކްސް

 

100 މާކްސް

ޝޯޓްލިސްޓު ކުރެވޭގޮތް:

- ޝޯޓްލިސްޓު ކުރާނީ، ތަޢުލީމާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

މަސައްކަތު ތަޖުރިބާ ބަލާނީ، ސެޓުފިކުޓު ހާސިލުކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއެވެ.

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ