ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ބްރާންޗުގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ހދ.ނޮޅިވަރަންފަރު ބްރާންޗުގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ހދ.ނޮޅިވަރަންފަރު ބްރާންޗުގެ ނަރުދަމާ ނިޒާމުގެ (ސްވަރޭޖް ޑިސްޗާރޖް ޕަމްޕް ސްޓޭޝަން) ވަށައިފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތާއި އައުޓްފޯލް ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހދ.ނޮޅިވަރަންފަރު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހދ. ނޮޅިވަރަންފަރު ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ