ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޮޖިސްޓިކްސް އެސިސްޓެންޓުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

ލޮޖިސްޓިކްސް އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8،000 ރުފިޔާއާއި -/12،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އެޑްމިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން މަސައްކަތާ ގުޅުންހުރި ދާއިރާއިން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކޯޕަރޭޝަނުގެ ޕްރޮކިއޮމަންޓް އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކޯޕަރޭޝަނަށް ޚިދުމަތްތަކާއި މުދާ ހޯދުމާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މުދާ ވިއްކާ ފަރާތްތަކާ މުޢާމަލާތުކުރުން.

2. ކޯޕަރޭޝަނަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރިކޯޑްތައް ބެލެހެއްޓުން.

3. މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ކޯޓޭޝަނާއި އެހެނިހެން މަޢުލޫމާތު ހޯދުން.

4. ކޯޕަރޭޝަނުގެ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.

5. މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ޕެޓީ ކޭސް ބެލެހެއްޓުން.

6. މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ބިޑް އިޢުލާނުތަކާއި، މަޢުލޫމާތު ކަރުދާހާއި، ޓީ.އޯ.އާރއާއި، އެއްބަސްވުންތައް ތައްޔާރުކުރުން.

7. މުދަލާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލުތައް ބެލުމާއި، އެފަދަ ކަންކަމުގެ ސަބަބުން ކޯޕަރޭޝަނުން ހިންގާ މަސަކަތްތަކަށް ހުއްޓުމެއް ނާންނާނެގޮތަކަށް ކަންތައްތައް ރޭވުން.

8. ކޯޕަރޭޝަނުން ކުރާ މަސައްކަތްތަކުގައި ލޮޖިސްޓިކްސްގެ ޚިދުމަތް ފޯރުކޮށްދިނުން.

9. ލޮޖިސްޓިކްސް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.

10. ކޯޕަރޭޝަނުން ހިންގާ އިތުރު ހަރަކާތްތަކުގައި އިސްނަގައިގެން ހަރަކާތްތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެމްކޯގެ www.wamco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައިވާ)

- ޕޮލިސް ރިޕޯޓު (ނެގިފަހުން 3 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ސުންގަޑި:

2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުން.

އިންޓަވިއު:

- އިންޓަވިއުއާއި، އިމްތިޙާން ކުރުން، 7 އޮގަސްޓު 2016 އިން 11 އޮގަސްޓު 2016 އަށް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- ކޯޕަރޭޝަނުން، އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، 3000581 ނަންބަރު ފޯނަށް، ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ