ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (މިސްކިތު)

އިޢުލާން

ތިރީގައި މިބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

މަސައްކަތު (މިސްކިތު)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އުސޫލުން 3 މަސްދުވަހަށް)

މުސާރަ (މަސައްކަތް ކުރާ ދުވަހަކަށް):

136/67 (ސަތޭކަ ތިރީސް ހަރުފިޔާ/ފަސްދޮޅަސް ހަތްލާރި)

ބޭނުންވާ އަދަދު:

5 (ފަހެއް)

ޝަރުޠު:

1- ލިޔަންކިޔަންދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން މިސްކިތު އިމާމުގެ އިރުޝާދާ އެއްގޮތަށް ފަރުވާތެރިކަމާއެކު، އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރުން.
  2. ކޮންމެ ނަމާދުވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ވަޅުދޮށާއި، ވުޟޫކުރާ އިސްކުރުބަރިތަކާއި، ފާޚާނާ އަދި މިސްކިތުގެ ތެރެ ފޮޅައި ސާފުކުރުން.
  3. މިސްކިތުގެ އެންމެހައި ދޮރުތައް ސާފުކޮށް ބެލެހެއްޓުން. އަދި ބިއްލޫރިތައް ސާފުކުރުމާއި ފަންކާތަކާއި، ބޮކިތައް ފޮހެ ސާފުކުރުން.
  4. މިސްކިތުގެ ތެރޭގައި ހުންނަ ސޯކޭސްތަކާއި ކަބަޑުތައް ސާފުކޮށް މުޞްޙަފްތަކާއި އެހެނިހެން އެފަދަ ފޮތްތައް ފޮޅައި ސާފުކޮށް ތަރުތީބުކޮށް ބެހެއްޓުން.
  5. މިސްކިތުގެ އެތެރެއާއި ބޭރުގައި ޖަހާފައިވާ ތަށިމުށިތައް ފޮޅައި ސާފުކޮށް މޮއްޕުކުރުން.
  6. މިސްކިތުގެ ދިޔަދޮވިތައް ސާފުކޮށް މިސްކިތުގެ ފެންވަޅުގެ ދިޔަހިއްކައި، ގޯތިތެރެއާ އިންވެގެން ހުރި މަގުތަކުގައި ފަޅާ ވިނަތައް ނޮޅައި ސާފުކޮށް ކުނިކަހައި ބެލެހެއްޓުން.
  7. މިސްކިތުގެ ގޯތިތެރޭގައި ކައުންސިލުން އަންގާ ގޮތެއްގެމަތިން ބަގީޗާ އިންދައި ހައްދައި ބެލެހެއްޓުމާއި، މިސްކިތުގެ މާޙައުލަކީ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އިސްނަންގަވައިގެން މަސައްކަތް ކުރުން.
  8. މިސްކިތަށް ލިބޭ ގެއްލުންތައް ބަލައި އިމާމަށް ރިޕޯޓު ކުރުމާއި، އަނދާ ހޮޅިބުރި، ބޮކި ފަދަ ތަކެތި ބަދަލުކޮށް ހެދުން.
  9. ކައުންސިލާއި ސަރުކާރުން، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  10. ލޯކަލް ކައުންސިލްގެ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަން ދިނުން.
  11. ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.

ސުންގަޑި: 

2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަރވިއުއަށް ދުރުވާއިރު މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މައުލޫމާތު:

  • މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނީ 2016 އޮގަސްޓު 10 ވާ ބުދަ ދުވަހުއެވެ.
  • މި ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ މަސައްކަތަށް ނުކުންނަންޖެހޭނީ ކައުންސިލް އިދާރާއިން އަންގާ ދުވަސްތަކުގައެވެ. އަދި މުއްދަތު ގުނޭނީ ވަޒީފާއަށް ނުކުންނަ ދުވަސްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ