ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް. 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އޮފީސް

ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ޢާންމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ރަށް

ގދ. ތިނަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލާއި، އަތޮޅުގެ ޞިއްޙީމަރުކަޒުތަކުގެ ކޮމްޕިއުޓަރތަކަށާއި، ކޮމްޕިއުޓަރ ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  2. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާއި، އޯޑަރކުރުން.
  3. ހޮސްޕިޓަލުގެ މެކޭނިކަލް އެހެނިހެން މަސައްކަތްތަކުގައި އެހީތެރިކަން ދިނުމާއި، ޢަމަލީގޮތުން ބައިވެރިވުން.
  4. ހޮސްޕިޓަލުން ރާވައި ހިންގާ ރަސްމީ އެންމެހާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ތަޢުލީމާއި ތަޖުރިބާ

 

  1. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮރމޭޝަން ޓެކޮނޮލޮޖީ (ކޮމޕިއުޓަރ ހާޑްވެއަރ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސުޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮރމޭޝަން ޓެކޮނޮލޮޖީ (ކޮމޕިއުޓަރ ހާޑްވެއަރ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮރމޭޝަން ޓެކޮނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް) ، އިންފޮރމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮރމޭޝަން ޓެކޮނޮލޮޖީ (ކޮމޕިއުޓަރ ހާޑްވެއަރ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮރމޭޝަން ޓެކޮނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާޑްވެއަރ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮރމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮރމޭޝަން ޓެކޮނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ޢާންމުކޮށް މަސައްކަތް އޮންނާނެ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހުގެ 2:00 އަށް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެމް.ކިއު.އޭ. ޤަބޫލުކުރާ ކަމަށް ތައްގަނޑު ޖަހާފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް )
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ތަމްރީނު (ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. (މިލިޔުމުގައި ފުރިހަމަކުރި ތަމްރީނާއި ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލުގެ އޮފީހަށް.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު:

އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެ ތާރީޚެއް އަންގާނެއެވެ.

(އިންޓަރވިއު ކުރާނީ ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ. ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6841970 ، 6841977 އެވެ. ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހުގެ 2:00 އާ ހަމައަށް މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.

21 ޖުލައި 2016
ހޯދާ