ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ބިން ދޫކުރުން

އިޢުލާން

ކޮނޑޭއިން ބިން ދޫކުރުން:

ކޮނޑޭއިން ވިޔަފާރި އުސޫލުން އާންމު ވިޔަފާރި ކުރުމަށާއި، ތެލުގެ ވިޔަފާރި ކުރުމަށާއި، ބޯޓުޔާޑް، ޑޮކުޔާޑް ހެދުމަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އާންމު ވިޔަފާރި ބިންތަކުގެ މަޢުލޫމާތު:

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެކުޑަ ކުލި

1

ގއ. ކޮނޑޭ ބަނދަރު ސަރަޙައްދު

ހޮޓާ ކެފޭ

1200 އަކަފޫޓު

02

އަކަފޫޓަކަށް މަހަކު 40/- ލާރި

2

ގއ. ކޮނޑޭ ބަނދަރު ސަރަޙައްދު

ހާޑުވެއަރ

1200 އަކަފޫޓު

02

އަކަފޫޓަކަށް މަހަކު 40/- ލާރި

3

ގއ. ކޮނޑޭ ބަނދަރު ސަރަޙައްދު

ސުވެނިއަރ

1200 އަކަފޫޓު

02

 އަކަފޫޓަކަށް މަހަކު 40/- ލާރި

4

ގއ. ކޮނޑޭ ބަނދަރު ސަރަޙައްދު

އާންމު ތަކެތި

1200 އަކަފޫޓު

04

އަކަފޫޓަކަށް މަހަކު 40/- ލާރި

5

ގއ. ކޮނޑޭ ބަނދަރު ސަރަޙައްދު

އެހެނިހެން

1200 އަކަފޫޓު

02

އަކަފޫޓަކަށް މަހަކު 40/- ލާރި

ތެލުގެ ވިޔަފާރިކުރުމަށް ދޫކުރާ ބިންތަކުގެ މަޢުލޫމާތު:

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެކުޑަ ކުލި

1

ގއ. ކޮނޑޭ ބަނދަރުގެ އުތުރު ސަރަޙައްދު

ތެޔޮވިއްކާ

2000 އަކަފޫޓު

01

އަކަފޫޓަކަށް މަހަކު 60/- ލާރި

2

ގއ. ކޮނޑޭ ބަނދަރުގެ ދެކުނު ސަރަޙައްދު

ތެޔޮވިއްކާ

1600 އަކަފޫޓު

02

އަކަފޫޓަކަށް މަހަކު 60/- ލާރި

ބޯޑްޔާޑް، ޑޮކްޔާޑް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު:

#

ބިންއޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެކުޑަ ކުލި

1

ގއ. ކޮނޑޭ ބަނދަރުގެ އުތުރު ސަރަޙައްދު

ބޯޓް ޔާޑް

5000 އަކަފޫޓު

01

އަކަފޫޓަކަށް މަހަކު 50/- ލާރި

2

ގއ. ކޮނޑޭ ބަނދަރުގެ އުތުރު ސަރަޙައްދު

ޑޮކް ޔާޑް

5000 އަކަފޫޓު

01

އަކަފޫޓަކަށް މަހަކު 50/- ލާރި

ބިން ތަރައްޤީކުރުން

ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައް:

ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.   

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:

ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ކުންފުންޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ގެންނަވަންޖެހޭ ލިޔުންތައް:

  1. ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.
  2. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ބަދަލުގައި ހާޒިރުވާ ފަރާތެއްކަން އެނގޭނޭ ލިޔުން/ ސިޓީ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހު ކުއްޔަށް

% 50

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް  
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހު ކުއްޔަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތަށް

% 20

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާގޮތަށް ދެވޭ މާކްސް
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ރަނގަޅު ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

% 30

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކް ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ