ތިލަދުންމަތީ އުތުރުބުރީ ކެލާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަމިއްލަ ތަކެތީގައި މި ކޯޓުގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެ:

1- މި ކޯޓުގެ ހުރިހާ ކުޑަދޮރާއި ދޮރުފަތްތައް ނައްޓައި އެލްމެނިއަމް ދޮރަށް ބަދަލުކޮށް ހަރުކުރުން.

2- މި ކޯޓުގެ މައި ބޮޑުދޮރާއި ދޮރުފަތް ނައްޓައި އެލްމެނިއަމުން ހަދައި ހަރުކުރުން.

3- މި ކޯޓުގެ ފުރާޅުގެ ޓިނު ނަގައި އާ ޓިނު ލުން.

4- މި ކޯޓުގެ ޢިމާރާތުގެ އެތެރެއާއި ބޭރުގައާއި ސީލިންގުގައި ކުލަލުން.

5- މި ކޯޓުގެ އިންފާރުގައި ކުލަލުން.

6- މި ކޯޓުގެ ފާޚާނާ މަރާމާތުކުރުން.

7- މި ކޯޓުގެ ގިފިލި ފާޚާނާ މަރާމާތުކުރުން.

8- މި ކޯޓުގެ ޢިމާރާތުގެ އެތެރޭގެ ބޮޑުދޮރާއި ދޮރުފަތްތައް ބަދަލުކޮށް ހަރުކުރުން.

9- މި ކޯޓުގެ އަރުޝީފުގެ ބައިގައި ޕާޓިޝަނެއް ޖެހުން.

10- މި ކޯޓުގެ ސައިކޮޓަރީގައި ސިންކެއް ހަރުކޮށް ފެންލިބޭނެ އިންތިޒާމާއި ފެން ބޭރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

11- މެޖިސްޓްރޭޓުގެ ކޮޓަރިން އިތުރު ދޮރެއް ކެނޑުމާއި، ޝަރީޢަތްކުރާބަޔާއި މެޖިސްޓްރޭޓް ކޮޓަރިއާގުޅޭ އިންފާރު ނަގައި ޝަރީޢަތްކުރާ ކޮޓަރި ބޮޑުކުރުމުގެ ގޮތުން ފާރެއް ރޭނުން.

12- މި ކޯޓުގައި ފެންމޯޓަރެއް ހަރުކުރުމާއި ފެންނެގޭނެ އިންތިޒާމު ހަމަޖެއްސުން.

13- ކަރަންޓްވަޔަރިންގ ބަދަލުކޮށް، މި ކޯޓުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުން.

14- މުޅި ޢިމާރާތުގެ ސީލިންގ ނަގައި އައު ސީލިންގއެއް އެޅުން.

15- މި ކޯޓުގައި މިހާރުހުރި ހޮޅިބުރިތައް ނައްޓައި އެނަރޖީ ސޭވިންގ ލެޑްލައިޓަށް ބަދަލުކުރުން.

16- މި ކޯޓުގައި މިހާރުހުރި ފަންކާތައް ނައްޓައި އައު ފަންކާ ހަރުކުރުން.

17- މި ކޯޓުގައި 18000 ބީ.ޓީ.ޔޫއާއި 12000 ބި.ޓީ.ޔޫއާއި 9000 ބީ.ޓީ.ޔޫގެ ކޮންމެ ވައްތަރަކުން 02 (ދޭއް) އެއަރކޮންޑިޝަން ހަރުކުރުން.

މަތީގައި ބަޔާންކުރެވުނު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 07 ވަނަ ދުވަހުގެ 14:00 އަށް ހއ. ޖުޑީޝަލް ދާއިރާގެ (ހއ. އަތޮޅުގެ) މެޖިސްޓްރޭޓް ކޯޓަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 14:00 އަށް ހއ. ޖުޑިޝަލް ދާއިރާގެ (ހއ. އަތޮޅުގެ) މެޖިސްޓްރޭޓް ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމަށާއި، ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސާހިސާބު ހުށަހަޅާ ގަޑީގައި އެ ހުށަހެޅި ކޯޓެއްގައެވެ.

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ