މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ފިޔަވަތިހިޔާގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ ދަށުން ހުޅުމާލޭގައި ހިނގަމުންދާ ފިޔަވަތިހިޔާއަށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)459-A/1/2016/69 އިޢުލާނުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

  • ފިޔަވަތިހިޔާގެ މެއިންޓެނަންސްގެ މަސައްކަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން
  • ފިޔަވަތިހިޔާގެ އެއަރކޮންޑިޝަންތައް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭނީ ވަކިންނެވެ. އަދި  މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

16 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ