މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ލައިސެންސިންގ އިމްތިޙާނާ ބެހޭ

އިޢުލާން

މެޑިކަލް ލައިސެންސިންގ އިމްތިޙާނާ ބެހޭ

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލައިސެންސިންގ އިމްތިޙާން 10 އޮގަަސްޓު 2016 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާން ދިނުމަށް ހަމަޖެހިފައިވަނީ މެޑިކަލް ކައުންސިލުގައި 31 ޑިސެންބަރު 2013 ގެ ފަހުން ރަޖިސްޓަރީ ކޮށްފައިވާ ދިވެހި އަދި ބިދޭސީ MBBS ޑޮކްޓަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މައުލޫމާތު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ވެބްސައިޓް www.mmc.gov.mv އިން އެނގެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 13:00 އެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

20 ޖުލައި 2016
ހޯދާ