މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ސްކޫލުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ހދ. ނޮޅިވަރަމު ސްކޫލުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ހދ. ނޮޅިވަރަމު ސްކޫލުގެ ކުދިން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް، އަދި އާ ފާޚާނާބަރިއެއް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން 28 މާރިޗު 2016 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރެވުނު ނަންބަރު ((IUL)22-G/22/2016/12 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، ހދ. ނޮޅިވަރަމު ސްކޫލުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 2 ވާ ހޯމަދުވަހު 11:00 އަށް

2016 އޮގަސްޓު 9 ވާ ހޯމަދުވަހު މެންދުރުފަހު 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނުވަތަ 3341137 ނަންބަރު ފޯނާއެވެ.

14 ޝައްވާލް 1437

19 ޖުލައި 2016
ހޯދާ