ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އަމީރު އަމީން ސްކޫލް / ހދ. ކުޅުދުއްފުށި

މުސާރައާއި އެލަވަންސް:

މަޤާމުގެ މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލެވެންސް:

މަހަކު -/2،000 (ދެހާސް ރުފިޔާ)

ހިންގުމުގެ އެލެވަންސް:

މަހަކު -/800 (އަށްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު:

- ކިޔަވައިދިނުމުގެ ދާއިރާއިން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މެނޭޖްމެންޓުގެ ދާއިރާއިން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމާ ގުޅޭގޮތުން މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ސްކޫލުގެ ޔައުމިއްޔާ، ދުވަހުން ދުވަހަށް ޗެކްކުރުން.

- ސްކޫލުގެ އިދާރީ މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގާ ނުހިނގާގޮތް ބަލައި، މަސައްކަތްތައް ނިންމުމަށް އިދާރީ މުވައްޒަފުންނަށް ބާރުއެޅުން.

- ޓީޗަރުން ކިޔަވައިދޭގޮތް ބަލައި، މޮނީޓަރކުރުން.

- ޓީޗަރުންނާއި ބެލެނިވެރިންގެ ގުޅުން ހަރުދަނާކުރުމަށް އެކަށޭނަ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ސްކޫލުގެ ފަރާތުން އަންގަންޖެހޭ ކަންކަން އެންގުމަށްޓަކައި ބެލެނިވެރިންގެ ބައްދަލުވުންތައް ބޭއްވުން.

- ދަރިވަރުންގެ ކުރިއެރުމަށް ތަފާތު ހަރަކާތްތައް ރާވައި ހިންގުން.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

 

އިންޓަވިއު:

- މި ވަޒީފާތަކަށް މީހުން ހޮވޭނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ،

7 އޮގަސްޓު 2016 އާއި 14 އޮގަސްޓު 2016 އާ ދެމެދުގެ ދުވަހެއްގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

 

ސުންގަޑިއާއި، ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅާ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ނޯޓު:

މި މަޤާމަށް އެދި ހުށަޅާ ފޯމު، ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ލިބެން ހުނާނެއެވެ.

8 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ