މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހި ބޭސްވެރިންނާއި، އޯލްޓަނޭޓިވް އަދި ކޮމްޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލުން ރަޖިސްޓަރީ ކުރުމާބެހޭ

އިޢުލާން

ދިވެހި ބޭސްވެރިންނާއި، އޯލްޓަނޭޓިވް އަދި ކޮމްޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލުން ރަޖިސްޓަރީ ކުރުމާބެހޭ

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ނަންބަރު: 13/2015) ގައިވާ ގޮތުގެ މަތިން ދިވެހި ބޭސްވެރިންނާއި، އޯލްޓަނޭޓިވް އަދި ކޮމްޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލުންނަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ދަށުން އުފައްދާ "މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓަރީ މެޑިސިންގ" ގައި ރަޖިސްޓަރީވުމަށްފަހުގައެވެ. ވިމާ، މި ބޯޑު އުފެދެންދެން ވަގުތީ ގޮތުން މި ބޭފުޅުން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކުރުމަށް ވަނީ ކައުންސިލުން ނިންމަވާފައެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކުރީގައި ރަޖިސްޓަރީކޮށްފައި ތިބި ދިވެހި ބޭސްވެރިންނާއި، އަލްޓަނޭޓިވް އަދި ކޮމްޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލުން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ވަގުތީ ގޮތުން ރަޖިސްޓަރީވުމަށް 30 އޮކްޓޫބަރު 2016 މި ތާރީޚުގެ 13:00 ގެކުރިން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓަރީވުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން މިހާރުވެސް ރަޖިސްޓަރީވެފައިވާ ދިވެހި ބޭސްވެރިންނާއި، އޯލްޓަނޭޓިވް އަދި ކޮމްޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލުން މި ކައުންސިލުގައި ރަޖިސްޓަރީވުމަށް ހުށަހަޅުއްވާނީ، ފުރިހަމަކުރައްވާފައިވާ ކައުންސިލްގެ އެޕްލިކޭޝަން ފޯމާއި ކުރީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއާއި، 3 މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި އައި.ޑީ.ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީއެވެ.

އަދި ދަންނަވަމެވެ. އެޕްލިކޭޝަން ފޯމު، ހެލްތު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓު www.health.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

19 ޖުލައި 2016
ހޯދާ