ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ތިލަފުށިން މާލެއަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް އުފުލައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ކ.ތިލަފުށިން ކ.މާލެއަށް ކަނޑުމަގުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އުފުލައިދޭނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

ތިލަފުށިން މާލެއަށް ކަނޑުމަގުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އުފުލައިދޭނެ އުޅަނދެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މުއްދަތު:             06 މަސްދުވަސް

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮގަސްޓު 04 ވާ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮގަސްޓު 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮގަސްޓު 07 ވަނަ ދުވަހު 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮގަސްޓު 11 ވާ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮގަސްޓު 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮގަސްޓު 21 ވަނަ ދުވަހު 11:30 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:     3344196, 3344262

ފެކުސް:    3344633

އީމެއިލް:   [email protected]  

19 ޖުލައި 2016
ހޯދާ