މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދަރުމަވަންތަ ސްކޫލުގެ ބައު ޢިމާރާތްތައް ތަޅާލުން

އިޢުލާން

ދަރުމަވަންތަ ސްކޫލުގެ ބައު ޢިމާރާތްތައް ތަޅާލުން

މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ މީޓިންގ ރޫމް 4 އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދަރުމަވަންތަ ސްކޫލް ބައު އިމާރާތް ތަޅާލުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

02 އޮގަސްޓު 2016 ވާ ހޯމަ ދުވަހު 11:00 އަށް

09 އޮގަސްޓު 2016 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341137 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ. 

14 ޝައްވާލް 1437  

19 ޖުލައި 2016
ހޯދާ