ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު

ޑިރެކްޓަރ، ޕޮލިސީ ޕްލޭނިންގ، ޕްރޮގްރާމްސް އެންޑް އެޑްވޮކަސީ   

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

ގްރޭޑް: 01

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/4000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ރިސްކް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. ސޯޝަލް ސައެންސްގެ ދާއިރާއިން ދަށްވެގެން މާސްޓަރސް ޑިގްރީ ('ޖެންޑަރ' ގެ މޮޑިއުލްއެއް ހިމެނޭގޮތަށް) ހާސިލު ކޮށްފައިވުމާއެކު، އިޖުތިމާޢީ މަސައްކަތުގެ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މަސައްކަތުގެ ދާއިރާގައި ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާހުރި އަދި އަތޮޅުތަކަށް ދަތުރުފަތުރުކުރުމަށް އުޒުރުވެރިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. އޮތޯރިޓީގެ ޕޮލިސީ ޕްލޭނިންގ، ޕްރޮގްރާމްސް އެންޑް އެޑްވޮކަސީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ފަންނީ މަސައްކަތްތައް ބޯޑު އަދި ސީ.އީ.އޯގެ އިރުޝާދާއެކު ކުރުން.
  4. ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި، އުސޫލުތަކާއި މިންގަނޑުތައް އަދި ޕްރޮގްރާމްތައް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  5. އޮތޯރިޓީން ކުރިއަށް ގެންދާ ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުން.
  6. އޮތޯރިޓީން ބައިވެރިވާ އެކިއެކި ޓްރޭނިންގ އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އޮތޯރިޓީގެ ފަރާތުން ސެޝަންތައް ނަގައިދިނުން.
  7. ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެހެނިހެން އަމިއްލަ ޖަމާޢަތްތަކާއި ސަރުކާރުގެ މުއައްސަސާތަކާއެކު މަސައްކަތްކުރުން.
  8. ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅިފައިވާ ތަފާސްހިސާބުތައް އެއްކުރުމާއި، ގެވެށި އަނިޔާގެ ހާލަތު ދެނެގަތުމަށް އޮތޯރިޓީން ކުރާ ދިރާސާތައް ކުރުމާއި، މި ދިރާސާތަކުގެ ހޯދުންތަކަށް ބަލައި އޮތޯރިޓީން ހިންގާނޭ ޕްރޮގްރާމްތައް ކަނޑަޅައި، ރާވައި ހިންގުން.
  9. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒުކުރެވޭ މިންވަރު ދެނެގަނެ މޮނިޓަރކުރުން.
  10. ޤާނޫނު ނަންބަރު 3/2012 އަށް އަހުލުވެރިވެ، އަދި ގުޅުންހުރި ޤާނޫނުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
  11. އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައްކުރުން.
  12. އޮތޯރިޓީގެ އަހަރީރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ހިއްސާކޮށް އަހަރީރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  13. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަންފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.  

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާގު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

1- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2- މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 3 އޮގަސްޓު 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ